އޮރިޔާންކާޑު ހެދުން – މުޙައްމަދު ނަބީލް، ގ.ކަމަރާގެ / މާލެ

644/Cr-C/2021

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – މުޙައްމަދު ނަބީލް، 2021 އަހަރު ސެޕްޓެމްބަރ މަހު ތެރޭގައި ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ޓިކްޓޮކް މެދުވެރިކޮށް މީނާގެ ޖިންސީ ގުނަވަން ދައްކައި، ޖިންސީ ޢަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާތީކަމަށް ބުނެ ދައުލަތުން ހުށަހެޅި ދަޢުވާއަށް، މުޙައްމަދު ނަބީލް އިންކާރުކުރިނަމަވެސް، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނުނު) ގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، މާލެ / ގ.ކަމަރާގެ، މުޙައްމަދު ނަބީލް އޮރިޔާންކާޑު ހެދުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނުނު) ގެ 43 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، މާލެ / ގ.ކަމަރާގެ، މުޙައްމަދު ނަބީލް، 01 (އެކެއް) އަހަރަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

Total Page Visits: 12 - Today Page Visits: 2

You may also like...


WordPress Lightbox Plugin