އޮރިޔާންކާޑު ގެންގުޅުން – މުޙައްމަދު ނަބީލް، ގ.ކަމަރާގެ / މާލެ

643/Cr-C/2021

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – މުޙައްމަދު ނަބީލް، 2021 އަހަރު ސެޕްޓެމްބަރ މަހު ތެރޭގައި މީނާގެ ޖިންސީ ގުނަވަން އެހެން މީހުންނަށް ހާމަކުރުމުގެ ގޮތުން އަމިއްލައަށް ބަރަހަނާވެ، އޮރިޔާން ކާޑު އުފައްދައި، އިންޓަރނެޓް މެދުވެރިކޮށް މީނާ އުފެއްދި އޮރިޔާން ކާޑު އާންމުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުގައި، 11 ސެޕްޓެމްބަރު 2021 ދުވަހުގެ 21:32 އެހައިކަށްހައިއިރު، މީނާ ދިރިއުޅޭ މާލެ / ގ.ކަމަރާގެ ފުލުހުން ބަލައި ފާސްކުރިއިރު، މީނާ ދިރިއުޅޭ ކޮޓަރީގެ އެނދުމަތީގައި އޮތް ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޙްލީލުކުރިއިރު އެ ލެޕްޓޮޕްގެ ހާރޑް ޑިސްކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީކަމަށް ބުނެ ދައުލަތުން ހުށަހެޅި ދަޢުވާއަށް، މުޙައްމަދު ނަބީލް އިންކާރުކުރިނަމަވެސް، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި ޙަވާލާދީ، އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގެ ދަށުން، މާލެ / ގ.ކަމަރާގެ، މުޙައްމަދު ނަބީލް އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި ޙަވާލާދީ، އެ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން މާލެ / ގ.ކަމަރާގެ، މުޙައްމަދު ނަބީލް، 01 (އެކެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

Total Page Visits: 205 - Today Page Visits: 1

You may also like...


WordPress Lightbox Plugin