އެއްޖިންސުން ޖިންސީގުޅުން ހިންގުން – ޢަބްދުއްރަޙްމާނު ރަފީޢު، ޖަވާހިރުވާދީ / މ.ރަތްމަންދޫ

529/Cr-C/2022

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، މ.ރަތްމަންދޫ / ޖަވާހިރުވާދީ، ޢަބްދުއްރަޙްމާނު ރަފީޢުގެ މައްޗަށް ދައުލަތުން ދަޢުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި

މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 411 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1106 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 ”ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު“ ގެ 6 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން މ.ރަތްމަންދޫ / ޖަވާހިރުވާދީ، ޢަބްދުއްރަޙްމާނު ރަފީޢު 01 (އެކެއް) އަހަރާއި 02 (ދޭއް) މަހާއި 12 (ބާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޢަބްދުއްރަޙްމާނު ރަފީޢު ތަންފީޒުކުރަންޖެހޭ މުއްދަތަކީ، 01 (އެކެއް) އަހަރާއި 01 (އެކެއް) މަހާއި 28 (އަށާވީސް) ދުވަހުގެ މުއްދަތުގެ ޖަލު އަދަބުކަމުގައި ކަނޑައަޅައި ޙުކުމްކުރެވިފައި

Total Page Visits: 14 - Today Page Visits: 4

You may also like...


WordPress Lightbox Plugin