ކުއްޖަކު މެރުން – ޢަބްދުލްޣަފޫރު ޤާސިމް އަދި ޢަޒީޒާ އިބްރާހީމް

669/Cr-C/2016

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިނުވަނީ މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ

ޝަރީޢަތް ނިމުނުގޮތް – ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރު 3 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން، ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމްގެ މައްޗަށް ދައުލަތުން ދަޢުވާކުރި ކުއްޖަކު މެރުމުގެ ކުށުގެ ދަޢުވާއަށް ޢަބްދުލްޣަފޫރު ޤާސިމްއާއި، ޢަޒީޒާ އިބްރާހީމް އިންކާރުކުރި ނަމަވެސް، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި

ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރު 3 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން، ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމް، ކުއްޖަކު މެރުމުގެ (ޝިބްހު ޢަމްދުގެ ކުށް) ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި

ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރު 3 ގެ 88 ވަނަ މާއްދާގެ (ރ) އާއި، މި ކުށް މިހާރު ތަޖުރީމު ކުރެވިފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ގަސްދަކާއި ނުލައި މީހަކު މެރުމުގެ ކުށުން ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމް ކުށުން ކުށްވެރިވެފައިވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 111 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 1003 ވަނަ މާއްދާއާއި، 1102 ވަނަ މާއްދާއާއި، 1103 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމް 10 (ދިހައެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލު) ގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން، ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމްގެ މައްޗަށް ކަނޑައެޅޭ މަރުގެ ދިޔަގެ އަދަދަކީ 1,000,000/- (އެއް މިލިއަން) ރުފިޔާކަމަށް ކަނޑައަޅައި، މިފައިސާ މިއަދު (19 ސެޕްޓެމްބަރު 2022) އިން ފެށިގެން 1 (އެކެއް) އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އަންގައި

މި ކުށުގެ ކައްފާރާގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލު) ގެ 43 ވަނަ މާއްދާގެ ދަށުން، ޖެހިޖެހިގެން 60 (ފަސްދޮޅަސް) ދުވަހު ރޯދަ ހިފުމަކީ ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމްއަށް އޮތް ކަމެއް ކަމަށްވާތީ، އެކަން ކުރުމަށް ށ.ފޭދޫ / ބްލޫހެވަން، ޢަބްދުލްޣަފޫރު ޤާސިމްއާއި، ށ.ފޭދޫ / ވައިމަތީއާގެ، ޢަޒީޒާ އިބްރާހީމްއަށް ނަޞޭޙަތްތެރިވެ ޙުކުމްކުރެވިފައި

Total Page Visits: 53 - Today Page Visits: 1

You may also like...


WordPress Lightbox Plugin