ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލު ކުރިމިނަލް ކޯޓުން ފާސްކޮށްފި

ކުރިމިނަލަކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި، ވަކީލުން ވަކާލާތު ކުރަމުންދާ މައްސަލަތަކުން ވަކިކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލާ ކުރިމިނަލްކޯޓުގެ ޤާޟިންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.

މިއުޞޫލުފާސްކޮށްފައިވަނީ ކުރިމިނަލްކޯޓުގެ ޤާޟިންގެ މަޖިލީހުގެ 2014 ވަނައަހަރުގެ އޮކްޓޯބަރު މަހުގެ  22 ވީބުދަ ދުވަހު ބޭއްވުނު  ގާޟިންގެ  22 ވަނަ ޖަލްސާ ގައެވެ. މިއުޞޫލަށް އަމަލުކުރުމަށް ނިންމާފައިވަނީ ޤާޟިންގެ މަޖިލީހުން މިއުޞޫލު ފާސްކޮށް ކުރިމިނަލް ކޯޓުގެ ވެބުސައިޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރިމިނަލްކޮޓުގެ ވެބްސައިޓުގައި އުޞޫލު ޝާއިޢުކޮށްފައިވަނީ 27 އޮކްޓޯބަރ 2014 ގައެވެ.

އަދި މިހާރު ކޯޓުގައި ވަކާލާތު ކުރަމުންދާ ވަކީލުންވެސް މި އުޞޫލަށް އަމަލުކުރަން ފަށާނީ މި އުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 30 ދުވަހުގެތެރޭގައި ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.