ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން – ޝުވޯ ޗަންދުރާ ޝިލް، ބަނގުލަދޭޝް

152/Cr-C/2020

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދަގެ (ނ) ގެ ދަށުން، ޝުވޯ ޗަންދުރާ ޝިލް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދަގެ (ނ) ގެ ދަށުން، ޝުވޯ ޗަންދުރާ ޝިލް 14 (ސާދަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލާ ގުޅިގެން ޝުވޯ ޗަންދުރާ ޝިލް 03 (ތިނެއް) އަހަރާއި 21 (އެކާވީސް) ދުވަސް މުއްދަތު ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު ޙުކުމުގެ މުއްދަތުން އުނިކޮށް، މި ދަޢުވާ ގުޅިގެން، ޝުވޯ ޗަންދުރާ ޝިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 10 (ދިހައެއް) އަހަރާއި 11 (އެގާރަ) މަހާއި 09 (ނުވައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކުރެވިފައި

Total Page Visits: 15 - Today Page Visits: 2

You may also like...


WordPress Lightbox Plugin