އާއިލާގެ މެންބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން – އަޙްމަދު އަޒްމީން، ތުޑީގެ / ވ.ކެޔޮދޫ

654/Cr-C/2019

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވޭ

ޝަރީޢަތް ނިމުނުގޮތް – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދަގެ (ށ) ގެ ދަށުން، އަޙްމަދު އަޒްމީން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުށަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި
މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދަގެ (ށ) ގެ ދަށުން، އަޙްމަދު އަޒްމީން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލާ ގުޅިގެން އަޙްމަދު އަޒްމީން 02 (ދޭއް) އަހަރާއި 09 (ނުވައެއް) މަހާއި 02 (ދޭއް) ދުވަހުގެ މުއްދަތުގެ ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު ޙުކުމުގެ މުއްދަތުން އުނިކޮށް، މި ދަޢުވާ ގުޅިގެން، އަޙްމަދު އަޒްމީން ތަންފީޒުކުރަންޖެހޭ އަދަބަކީ 22 (ބާވީސް) އަހަރާއި 02 (ދޭއް) މަހާއި 28 (އަށާވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކުރެވިފައި

Total Page Visits: 208 - Today Page Visits: 1

You may also like...


WordPress Lightbox Plugin