އެނގިހުރެ މީހަކު މެރުން – އާމިނަތު ޝާހިދާ، ދިނަށަ / ށ.ފުނަދޫ

792/Cr-C/2016

މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތަކާއި، މައްސަލައިގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުމުގެގޮތުން މި ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައެއް ނުވޭ

 

ޝަރީޢަތް ނިމުނުގޮތް – ށ.ފުނަދޫ / ދިނަށަ، އާމިނަތު ޝާހިދާ 2016 ފެބުރުވަރީ 11 ވަނަ ދުވަހުގެ ވަގުތެއްގައި ށ.ނޫމަރާ / ރީޑްސްވިލާގޭގެ މީނާ ދިރިއުޅޭ ކޮޓަރި ތެރޭގައި، މީނާގެ ދަރިފުޅަށް ވަޅިން ޙަމަލާދީ މަރާލާފައިވާކަމަށް އިންކާރު ކޮށްފައިނުވާކަމާއި، މި ޙާދިސާ ހިނގުމަށް މެދުވެރިވީ އާމިނަތު ޝާހިދާއަށް ދިމާވެފައިވާ ނަފްސާނީ ބައްޔަކާއި ގުޅިގެންކަމަށް އާމިނަތު ޝާހިދާގެ ފަރާތުން ފާހަގަކޮށް ބުނެފައިވީނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެފަދަ ސަބަބެއް މީނާގެ ކިބައިގައި ފެންނަން ނެތްކަން މައްސަލައާ އެކު ހުށަހެޅިފައިވާ ރިޕޯޓުތަކުންނާއި، ހެކިންގެ ހެކިބަހަށް ބެލުމުން އެނގެން އޮންނާތީއާއި، އާމިނަތު ޝާހިދާގެ މި ޢަމަލު ހިންގާފައިވަނީ އަނިޔާވެރި ގޮތެއްގައި ކުއްޖާއަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި ވަޅިއަކުންކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ހުށަހެޅި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، އެނގިހުރެ މީހަކު މެރުމުގެ ކުށުން އާމިނަތު ޝާހިދާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، އާމިނަތު ޝާހިދާ 17 (ސަތާރަ) އަހަރާއި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، މި ޙާދިސާގައި ނިޔާވެފައިވާ ކުއްޖާގެ މަރުގެ ދިޔަ ނެގުމަށްޓަކައި ކުއްޖާގެ ވާރިސަކަށްހުރި ފަރާތުން މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފައިވާތީ، ކުއްޖާގެ ވާރިސަށް މަރުގެ ދިޔަ ލިބިދިނުމުގެ ގޮތުން އެއް މިލިއަން ރުފިޔާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުން 02 (ދޭއް) މަސް ދުވަހު ރޯދަހިފުމަށް އާމިނަތު ޝާހިދާއަށް އަންގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އާމިނަތު ޝާހިދާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު ތަންފީޒުކުރަންޖެހޭ އަދަބަކީ 11 (އެގާރަ) އަހަރާއި 02 (ދޭއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

Total Page Visits: 240 - Today Page Visits: 1

You may also like...


WordPress Lightbox Plugin