އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް އެޗެކްގައިވާއަދަދަށް ފައިސާ ނުދެއްކުމުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފި!

ދައުލަތުން ކ. މާލެ / ހ. ފެހިފަށުވިގެ އަޙްމަދު ޝަރީފުގެ މައްޗަށް ކޮށްފައިވާ އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް އެޗެކްގައިވާ ޢަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފިއެވެ.

ދައުލަތުން އަޙްމަދު ޝަރީފްގެ މައްޗަށް ކޮށްފައިވަނީ ހދ. މަކުނުދޫ / އެންދެރިމާގެ ޢަލީ ނަޝީދުގެ ފިހާރައެއްކަމުގައިވާ ”ފްރޭން ޓްރޭޑާރސް” އިން ނަގާފައިވާ މުދަލަށް ފައިސާ ދެއްކުމުގެގޮތުން، އަޙްމަދު ޝަރީފުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައި އޮންނަ އެކައުންޓަކުން 28 މެއި 2013 ދުވަހު 55042/-ރ.(ފަންސާސް ފަސްހާސް ސާޅީސް ދެރުފިޔާ) ނެގޭގޮތަށް މީނާ ސޮއިކޮށް ދޫކޮށްފައިވާ ޗެކެއް ބައުންސްވުމާއި ގުޅިގެންނެވެ. މިއަދާއި ހަމައަށްވެސް މިފައިސާ ދައްކާފައި ނުވާކަން އަޙްމަދު ޝަރީފުގެ ބަހުން އެނގެއެވެ.

މިއީ އަޙްމަދު ޝަރީފްގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި 02 ވަނަ ފަހަރުކަން އަޙްމަދު ޝަރީފްގެ ރެކޯޑުން އެނގެއެވެ.