ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ބޭއްވި ކެރަމް މުބާރާތް ނިމިއްޖެ

Final 1ކްރިމިނަލްކޯޓުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ކެރަމް މުބާރާތް ނިމިއްޖެއެވެ. މިމުބާރާތުގެ ސިންގަލްސް ފައިނަލުގައި ވާދަކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރްޔަމް ސާމިހާއާއި، ކޯޓު އޮފިސަރ މުޙައްމަދު ޚަލީލްއެވެ. މިމެޗް 03 ސެޓް 02 ސެޓުން ކާމިޔާބުކޮށްފައިވަނީ ކޯޓު އޮފިސަރ މުޙައްމަދު ޚަލީލެވެ.

 މިމުބާރާތުގެ ޑަބަލްސް ފައިނަލުގައި ވާދަކޮށްފައިވަނީ ޤާޟީ މުހްތާޒް މުޙްސިންއާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޚަދީޖާ ޙަބީބް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އާމިނަތު ޝަފީޢާއާއި ކޯޓު އޮފިސަރ މުޙައްމަދު ޚަލީލްއެވެ. މިމެޗް 05 ސެޓް 03 ސެޓުން ކާމިޔާބުކޮށްފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އާމިނަތު ޝަފީޢާއާއި ކޯޓު އޮފިސަރ މުޙައްމަދު ޚަލީލްއެވެ.Final 2