ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް މިދުވަސްކޮޅު ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން، 15 އެޕްރީލް 2020 އިން ފެށިގެން، ޟަރޫރީ ބޭނުމެއްގައި ހުއްދަ ހޯދައިގެން ނޫނީ ގެއިންބޭރަށް ނުނިކުމެވޭގޮތަށް މާލެ ލޮކްޑައުން ކޮށްފައިމިވާ ޙާލަތުގައިވެސް، މި ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަނޑިއިރު ކޯޓުން މިދަނީ ކުރަމުންނެވެ. އެދުވަހުން ފެށިގެން މެދުކެނޑިފައިވަނީ ޝަރީޢަތުގެ އަޑުއެހުންތަކެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ކޯޓަށް މީހަކު ޙާޟިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް 10 މެއި 2020 އިން ފެށިގެން މިޙާލަތުގައި ވެސް ހިންގަން ފެށުމަށް ކޯޓުން ނިންމައިފިއެވެ.

…އިތުރަށް ވިދާޅުވުމަށް

Total Page Visits: 659 - Today Page Visits: 1

You may also like...


WordPress Lightbox Plugin