Category Archives: ހަބަރު

ކޯޓު ސާފްކުރުމުގެ ދުވަހެއް ފާހަގަކޮށްފިއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގައިވެސް ކޯޓް ސާފްކުރުމުގެ ދުވަހެއް ފާހަގަ ކޮއްފިއެވެ. ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަލްއުސްޠާޛު ޢަބުދުލްބާރީ ޔޫސުފާއި މުވަޒަފުން ބައިވެރިވެގެން މިއަދު ހިންގި މިހަރަކާތަކީ ކޯޓުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައެއްވަންތަކަން އާލާކުރުމަށާއި، ކޯޓުގެ މަސައްކަތު މާޙައުލަކީ ސާފްތާހިރު މައުހައުލެއްގެ ގޮތުގައި ބޭވުމަށް ހިންގުނު ހަރަކާތެކެވެ. 2017 އޭޕްރީލް 29 ވީ ހޮނިހިރު … Continue reading

Posted in ހަބަރު | Leave a comment

އަޙްމަދު މިރުޒާ މަރާލިކަމުގެ ކުށް ސާބިތުވެ ދެ މީހަކު މަރަން ޙުކުމް ކޮށްފި

ދައުލަތުން ދަޢުވާކުރި، ނ.މާޅެންދޫ ވައިޓް ހައުސް އަޙްމަދު މިރުޒާ މަރާލި މައްސަލަ ޝަރީޢަތުން ސާބިތުވެ، ޏ.ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޡީފާއި، ވ.ފަޒީލާމަންޒިލް މުހައްމަދު ޝިފާޢު މަރަން ކޯޓުން ހުކުމް ކޮށްފި އެވެ. ދެހާސް އެގާރަވަނަ އަހަރު އެޕްރީލު މަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ނ.މާޅެންދޫ ވައިޓުހައުސް، އަޙްމަދު މިރްޒާ ވިލިމާލޭ ކުޑަކުދިންގެ ޕާކު … Continue reading

Posted in ހަބަރު | Leave a comment

ކުރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢާއިޝަތު ވަހީދާ ނިޔާވެއްޖެ.

ދައުލަތަށާއި ޝަރުޢީދާއިރާއަށް ދިގުމައްދަތެއްގައި ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދެވި  މ.އިރާކުމާގެ އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ 01 މާރިޗް 2017 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައިވަނީ ނިޔާވެފައެވެ. ނިޔާވިއިރު ޢާއިޝަތު ވަޙީދާގެ ޢުމަރަކީ 58 އަހަރެވެ. އަލްމަރުޙޫމާ ޢާއިޝަތު ވަޙީދާ ޝަރުޢީދާއިރާގެ ޚިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެމްބަރު 1999 ގައެވެ. ޢާއިޝަތު ވަޙީދާ ނިޔާވިއިރު ހުންނެވީ ކުރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓިވް … Continue reading

Posted in ހަބަރު | Leave a comment

ކްރިމިނަލް ކޯޓު ރިސެސްއަށް މި މަހު 01 އިން 15 އަށް

ކޯޓު ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު 01 ޑިސެމްބަރ 2016 އިންފެށިގެން 15 ޑިސެމްބަރ 2016 ގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމުމުން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެއެވެ. މީގެތެރޭގައި މުއްދަތުގެ މަސައްކަތްތަކާއި، އިދާރީ ކަންކަން … Continue reading

Posted in ހަބަރު | Leave a comment

ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލައަށްގެނައި 1 ވަނަ އިސްލާޙް

އުޞޫލު ނަންބަރު: 02/2014 ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލަށް ގެނައި އެއްވަނަ އިޞްލާޙުގައިވާގޮތުން  ފޯމް ފުރިހަމަކުރުމަށްފަހު، މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ދެ ދުވަހުގެ ކުރިން އެފޯމު ކޯޓަށް ހުށަހަޅުމުގެބަދަލުގައި ފޯމް ފުރިހަމަކުރުމަށްފަހު، މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން އެފޯމު ކޯޓަށް ހުށަހަޅުމުން އެވަކީލަކަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހަމަ އެޞޫލުގެ 14 … Continue reading

Posted in ހަބަރު | Leave a comment