Author Archives: Ahmed Manik

ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގައި މުޙައްމަދު ވިސާމު މަރަށް ޙުކުމްކޮށްފި

ލ.މާވަށް އެވަރބްލޫގޭ މުޙައްމަދު ވިސާމު މަރަށް ޙުކުމްކޮށްފައިވަނީ،  30 މެއި 2012 ދުވަހު ހއ.ހޯރަފުށި ނޫރީ، މުޙައްމަދު އަރުހަމް، މަޢުހަދުގެ އިރުދެކުނުގައި އޮންނަ ޕާކު (ލޮރެންޒޯ ޕާކު) ގައި ވަނިކޮށް، މުޙައްމަދު ވިސާމާއި، މުޙައްމަދު ސުފުޔާނާއި، މަންސޫރު ޔޫސުފާއި، ޢާތިފް ރަޝީދު އިތުރު ބަޔަކާއެކު ސައިކަލުތަކެއްގައި ލޮރެންޒޯ ޕާކު ކައިރިއަށްގޮސް، މިމީހުންގެ ތެރެއިން ޢާޠިފް ރަޝީދާއި … Continue reading

Posted in ހަބަރު | Leave a comment

ކުރިމިނަލް ކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ ބާއްވައިފި

އޮގަސްޓް 25 ވީ ބުރާސްފަތި ދުވަހުގެރޭ ކުރިމިނަލް ކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ހަފުލާ ކޯޓުގައި ބާއްވައިފިއެވެ. މިޙަފުލާ ސަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިއްޒަތެރި ފަނޑިޔާރު އޮނަރަބަލް އަލްއުސްޠާޛު ޢަބްދުﷲ އަރީފުއެވެ. މިޙަފްލާ ފެށުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިންޓޭޝަންގައި ގިނަދުވަސް ތަކެއްވަންދެން ވަޒީފާ އަދާކުރެއްވި އާދަމް ޝަރީފު އަވަހާރަ … Continue reading

Posted in ހަބަރު | Leave a comment

ޖޫން 16 އިން 30 ޖޫންގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިއުމަށް ޤާޟީންގެ މަޖިލީހުން ނިންމައިފި

ޤާޟީންގެ މަޖިލީހުގެ މިއަހަރުގެ 08 ވަނަ ޖަލްސާއިން ނިންމާފަވަނީ މިއަހަރު ރިސެސްގެ މުއްދަތު ދެބަޔަކަށް ބަހާލައިގެން ކޯޓު ރިސެސްއަށްދިއުމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމް ކޯޓު ރިސެސްގެ މުއްދަތަކީ މިޖޫން މަހުގެ 16 އިން 30 ހަށް ކަމަށާއި ދެވަނަ ރިސެސްގެ މުއްދަތަކީ  މިއަހަރުގެ ޑިސެމްބަރު މަހުގެ 01 ކުން 15 އަށް ކަމުގައެވެ. އެހެން ކަމުން … Continue reading

Posted in ހަބަރު | Leave a comment

އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ބޭއްވި “މޭޑޭ” މުޒާހަރާގެ ކުރިންނާއި އޭގެ ފަހުންވެސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުން ފިސްތޯލައާއި ވަޒަން ފެނިފައިވާތީއާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެތަކެތި ގެންގުޅެފައިވަނީ ސިޔާސީ … Continue reading

Posted in ހަބަރު | Leave a comment

ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ކުށުގައި ނ.މިލަދޫ ނޫރާނީގެ، މުޙައްމަދު އިޤުބާލު 07 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ. ދައުލަތުން މުޙައްމަދު އިޤުބާލުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައިވަނީ މުޙައްމަދު އިޤުބާލު މިޢަމަލު ހިންގާފައިވަނީ މިދިޔަ އަހަރު މޭ މަހުގެ އެއްވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލޭގަ ބަޔަކު ކުރަންފެށި މުޒާހަރާއެއްގާ މުޙައްމަދު އިޤުބާލު … Continue reading

Posted in ހަބަރު | Leave a comment