ތޫނުހަތިޔާރު ހިފައިގެން މަގުމަތީގައި އުޅުނުމީހަކު 6 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި Print
Monday, 14 May 2012 08:11

ނިޝާތު ނަޞީރު، 11 ފެބްރުއަރީ 2012 ދުވަހުގެ 01:25 އެހައިކަށްހައިއިރު، ސައިކަލުގައި އިތުރު މީހަކާއެކު ތަބުރޭޒީ ހިނގުމުން އިރުން ހުޅަނގަށް ދުއްވާފައިގޮސް ދެކުނަށް ސިއްތިމާ ހިނގުމުން ޕޮލިޓެކްނިކް ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް ހުއްޓުވައި، މިދެމީހުން ބަލައި ފާސްކުރިއިރު، މީނާ ލައިގެންހުރި ސޯޓުބުރިއާއި، މީނާގެ ހަށިގަނޑާއި ދޭތެރެއިން ކޯރާޑިއެއް ފެނިފައިވާތީ  ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ނިޝާތު ނަޞީރުގެ މައްޗަށް ދައުލަތުން ކުޅަ ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، އިސްވެދެންނެވުނު ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިޝާތު ނަޞީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، މާލެ / ދަފްތަރު ނަންބަރު 01017 ނިޝާތު ނަޞީރު 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

ޙުކުމް ވިދާޅުވުމަށް >>>>>

 
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި މުޙައްމަދު ރަޝީދު ޢަބްދުލްބާޤިރު ޢުމުރަށްޖަލަށް Print
Monday, 30 April 2012 14:26

2011 މާރޗް 12 ވަނަ ދުވަހުގެ 16:01 ހާއިރު، ބްލޫލައިޓް ލެގޫންސް ހޮޓަލުގައި ދެމީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މަޢުލޫމާތު ލިބުނު ތަނަށް ފުލުހުން ދިޔައިރު، އެތަނުގައި މުޙައްމަދު ރަޝީދު ޢަބްދުލްބާޤިރު ހުއްޓާ، މުޙައްމަދު ރަޝީދު ޢަބްދުލްބާޤިރުއާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުޙައްމަދު ރަޝީދު ޢަބްދުލްބާޤިރުގެ ހަށިގަނޑު ބަލައިފާސްކުރިއިރު،

އިތުރަށް ވިދާޅުވުމަށް...
 
730.80 ގްރާމް ކެނަބިސް ބަޑްސް އެތެރެކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ އުމުރަށް ޖަލަށް Print
Monday, 30 April 2012 10:22

18 އޮކްޓޯބަރ 2010 ދުވަހުގެ 07:40 އެހައިކަށްހައިއިރު ދޯހާއިން ރާއްޖެއައި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާ ކަސްޓަމްސް އޮފިސަރުން މީނާގެ ހަށިގަނޑާއި ތަކެތި ބަލާފާސްކުރެއްވިއިރު، މީނާގެ ދަބަހުގެ ތެރޭގައި އިތުރު ފުލެއް އަޅާފައިވުމުން އެފޫ ނެއްޓިއިރު ފެނުނު، ކާބަން ކަރުދާސް އޮޅައި އޭގެ ބޭރުން ޓޭޕް އޮޅާފައިވާ ދެރަބަރު ކޮތަޅުގައި 730.80 ގްރާމް ކެނަބިސް ބަޑްސް ކަން ތަޙްލީލު ރިޕޯޓުން ދައްކާތީ ދައުލަތުންކުރި ޤާނޫނު ނަންބަރު 77/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ސުމޮން މިއާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ (ޕާސްޕޯޓް ނަންބަރު: E1886074) އުމުރަށް ޖަލަށްލުމަށް ޙުކުމް ކޮށްފީއެވެ.

ޙުކުމް ވިދާޅުވުމަށް >>>>>

 
ދޮގުހެކިދިނުމުގެ ކުށުގައި ދެމީހަކު ޖޫރިމަނާކޮށް އެފައިސާ ދައްކަން ޙުކުމްކޮށްފި Print
Sunday, 15 April 2012 15:14

1432 ވަނަ އަހަރުގެ ރަމަޟާންމަހުގެ 16 ވަނަ ދުވަހު ހއ. ހޯރަފުށި / ޒިކުރާ އިލްޔާސް މުޙައްމަދު ރަމަޟާންމަހުގެ ފަރުޟު ރޯދަ މަޤްބޫލު އުޛުރެއްނެތި ދޫކޮށްލިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ތަޙްޤީޤުކުރުމަށް އިލްޔާސް މުޙައްމަދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ބަންދުގައި އިލްޔާސް މުޙައްމަދު ހުއްޓާ، 1432 ވަނަ އަހަރުގެ ރަމަޟާންމަހުގެ 16 ވަނަ ދުވަހު އިލްޔާސް މުޙައްމަދު ޑޮކްޓަރަށް ދެއްކިކަމަށް ހަދައި، އެދުވަހުގެ ތާރީޚްގައި މެޑިކަލް ސެޓްފިކެޓެއް ހޯދައި، އެމެޑިކަލް ސެޓްފިކެޓް ފުލުސް އޮފީހަށް ހުށަހަޅައި، އެތަޙްޤީޤަށް ދޮގުމަޢުލޫމާތު ދީފައިވާކަން އިލްޔާސް މުޙައްމަދުގެ ދެދައްތަ ޝާހިދާ މުޙައްމަދުއާއި، ޝަހީރާ މުޙައްމަދު ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ޝަރީޢަތަށް ސާބިތުވާތީ، ދޮގުހެކިދިނުމުގެ ކުށް ޝާހިދާ މުޙައްމަދުއާއި، ޝަހީރާ މުޙައްމަދުގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެއެވެ. މިކުށުގެ ޢުޤޫބާތެއްގެގޮތުން ޤާނޫނުލް ޢުޤޫބާތުގެ 62 ވަނަ މާއްދާއާއި ޙަވާލާދީ، އެޤާނޫނުގެ 63 ވަނަ މާއްދާގެ ދަށުން، ޝާހިދާ މުޙައްމަދުއާއި، ޝަހީރާ މުޙައްމަދު، މިދެމީހުން ކުރެ ކޮންމެ މީހަކު -/1000ރ (އެއްހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ އެއްމަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް، ހއ. ހޯރަފުށި / ޒިކުރާ ޝާހިދާ މުޙައްމަދުއާއި، ހއ. ހޯރަފުށި / ޒިކުރާ ޝަހީރާ މުޙައްމަދުގެ މައްޗަށް ޙުކުމްކޮށްފިއެވެ.

ޙުކުމް ވިދާޅޫވުމަށް >>>>>

 
ޕާޓްމަންޓެއް ދޭނެކަމަށްބުނެ ގިނަޢަދަދެއްގެ ފައިސާތަކެއް އަތުލާފައިވާ މީހަކު ދިގުމުއްދަތަށް ޖަލަށްލުމަށް ޙުކުމް ކޮށްފި Print
Sunday, 15 April 2012 09:44

2010 ޖެނުއަރީ މަހު، ހ.ގްރީންލިލީ ފުރަތަމަ ފަންގިފިލާގެ އެޕާރޓްމަންޓް 3 ( ތިނެއް ) އަހަރުދުވަހަށް ކުށްޔަށްދޭނެކަމަށްބުނެ، ޅ.ނައިފަރު ސީރިޔަޒްގެ ޞަފްވާން އަޙުމަދުގެ އަތުން -/118500ރ ( އެއްލައްކަ އަށާރަހާސް ފަސްސަތޭކަ ރުފިޔާ ) މަކަރާއި ޙީލަތުން އަތުލާފައިވާތީ މުޙައްމަދު ނަޒީލްގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ހެކީގެ ހެކިބަހުން ޝަރީއަތަށް ސާބިތުވެ 12 (ބާރަ) އަހަރާއި، 10 (ދިހައެއް) މަސްދުވަހުގެ މުއްދަތަށް ސ.މަރަދޫ / ނަޔާ  މުޙައްމަދު ނަޒީލް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ. މުޙައްމަދު ނަޒީލް މައްޗަށް މިއަދު ކުރި ޙުކުމުގައި މީނާގެ މަށްޗަށް މިބާވަތުގެ ކުށެއް ސާބިތުވި 03 ވަނަ ފަހަރުކަމަށްވެސް ވެއެވެ.

 

ޙުކުމް ވިދާޅުވުމަށް>>>>>

 
ގާޑިޔަލަކުން ވައްކަން ކުރިމީހަކު އަރުވާލަން ޙުކުމް ކޮށްފި Print
Monday, 09 April 2012 09:17

09 މެއި 2011 ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭ 02 ނަންބަރު ކުނިކޮށި ކައިރީގައި އޮތް 20 ނަންބަރު ގާޑިޔަލުން މއ. ވައްމައިޒާން އާދަމް ފައިސަލް ވައްކަން ކުރިކަމަށްބުނެ ދައުލަތުން ކުޅަ ދަޢުވާ ޝަރީޢަތަށް ސާބިތުވާތީ އާދަމް ފައިޞަލް އެއް އަހަރާއި ހަމަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް މައްސަލަ ނިންމާފިއެވެ.

ޙުކުމް ވިދާޅުވުމަށް

 
އޭޑީކޭ ހޮސްޕިޓަލުގެ ނަރުހުންގެ ގޮތުގައި މަސައްކަތްކުރި އިންޑިއާގެ ދެމީހަކު ހަތަރުމަސްދުވަހު ގޭގައި ބަންދުކުރުމަށް ޙުކުމްކޮށްފި Print
Monday, 02 April 2012 16:04

19 އޭޕްރީލް 2009 އާއި، 20 އޭޕްރީލް 2009 ވަނަ ދުވަހު، އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ނަރުހުންގެ ގޮތުގައި ތިބެ، އެހޮސްޕިޓަލުގައި ހައިރިސްކް ޕޭޝަންޓެއްގެގޮތުގައި އެޑްމިޓް ކުރެވިފައިއޮތް ކ. މާލެ / މއ. ސަތާވަރީއާގެ ޝާހީން މުޙައްމަދު (މާބަނޑު މީހެއް) ބެލުމަށްޓަކައި ނަރުހުންގެ ޑިއުޓީ ގައި އެވަގުތުތިބި އިންޑިޔާގެ ދެރައްޔިތުން ކަމުގައިވާ  އާޝާ ދަރުމަރާޖް  އާއި، ޖެކުލިން ޕުނީތާ ޖޯސެފް، ޝާހީން މުޙައްމަދުއާއި އޭނާގެ ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ޙާލުބެލުމުގައި އެފަދަ ބަލި މީހަކާއިމެދު ބެލުމަށް އެންމެ އެކަށީގެންވާގޮތުގެ މަތިން ނުބަލައި، ވަރަށްބޮޑަށް ފަރުވާ ކުޑަކޮށްފައިވާތީ އިންޑިޔާގެ ދެރައްޔިތުން ކަމުގައިވާ އާޝާ ދަރުމަރާޖް އާއި، ޖެކުލިން ޕުނީތާ ޖޯސެފް ގެ މައްޗަށް ދައުލަތުންކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މި ދައުވާ ޝަރީޢަތުން ބެލިބެލުމުން، ޝާހީން މުޙައްމަދު އާއި އޭނާގެ ކުޑަދަރިފުޅު ބެލުމުގައި އެފަދަ ބަލި މީހަކާއިމެދު ބެލުމަށް އެންމެ އެކަށީގެންވާގޮތުގެ މަތިން ބަލާފައި ނުވާކަމާއި  އާޝާ ދަރުމަރާޖް އާއި ޖެކުލިން ޕުނީތާ ޖޯސެފް، އެދެމީހުންގެ ޒިންމާތައް އަދާކުރުމުގައި ފަރުވާ ކުޑަކޮށްފައިވާކަން ސާބިތުވާތީ އުގޫބާތެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ 88 ވަނަމާއްދާގެ (ހ)ގެދަށުން އިންޑިޔާގެ ދެރައްޔިތުންކަމަށްވާ އާޝާ ދަރުމަރާޖް އާއި ޖެކުލިން ޕުނީތާ ޖޯސެފް އާއި މިދެމީހުންކުރެ ކޮންމެމީހަކު 04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމް ކޮށްފިއެވެ.

 

ޙުކުމް ވިދާޅުވުމަށް >>>>>

 
ތޯމަސް ކަނިންގހަމް ނިޔުޓަން ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގައި ދެއަހަރު ދުވަހަށް ޖަލަށް Print
Thursday, 29 March 2012 05:56
03 މާރޗް 2011 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ތޯމަސް ކަނިންގހަމް ނިޔުޓަން، ކެނެޑާގެ ރައްޔިތެއްކަމަށްވާ ޑާނާ ލީން ސްޕިއާރސްއާއިމެދު  ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަން ދައުލަތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކި ޤަރީނާތަކުން ސާބިތުވާތީ، ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުން ފިޖީގެ ރައްޔިތެއްކަމަށްވާ ތޯމަސް ކަނިންގހަމް ނިޔުޓަން ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝަރީޢަތްކުރުމާއި، ބެހޭ ގޮތުން ހެދިފައިވާ ޤަވައިދުގެ 6 ގެ 173 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (ހ) ގެ 1 ގެ ދަށުން ފިޖީގެ ރައްޔިތެއްކަމަށްވާ މރ.ތޯމަސް ކަނިންގހަމް ނިޔުޓަން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް ފިއެވެ.
 
މެންބަރ އާދިލުމަށްޗަށް ދައުލަތުންކުރި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއްހިންގި ކަމަށްބުނެ އުފުލި ދައުވާ ސާބިތެއްނުވި Print
Thursday, 29 March 2012 05:29

ސ.މަރަދޫ / އަސްރާރުގެ ޙަސަން ޢާދިލްގެ މައްޗަށް ދައުލަތުންކުޅަ ދަޢުވާ ޝަރީޢަތުން ބެލިއިރު، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކި ދުވަސްތަކުގައި، 13 އަހަރުގެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށްބުނެ ދައުލަތުން ޙަސަން ޢާދިލްގެ މައްޗަށް ކުރި ދަޢުވާގެ އަޞްލަށް ޙަސަން ޢާދިލް އިންކާރު ކޮށްފައިވުމާއި، 13 އަހަރުގެ ކުޑަކުއްޖަކާ ބުނެފައިވާ ޖިންސީ ޢަމަލުތައް ސާބިތު ކުރުމަށް ޓަކައި ދައުލަތުން ހުށަހެޅި ހެކީގެ ނިސްބަތަށް ބަލާއިރު، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤަނޫނު)ގެ 47ވަނަ މާއްދާގައި ބުނާ މިންވަރަށް ދައުލަތު ހެކި ހުށަހަޅާފައިނުވާތީ، ސ.މަރަދޫ / އަސްރާރުގެ ޙަސަން ޢާދިލްގެ މައްޗަށް  ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކޮށްފިއެވެ.

 

 
ހިއުމަންރައިޓްސް ކޮމިޝަނުން މޫސާ ޢާޒިމްގެ މައްޗަށް ކުރި ދައުވާ ސާބިތެއްނުވި Print
Wednesday, 28 March 2012 15:42

ހ.ދިޔަދޫގެ މޫސާ ޢާޒިމްގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސަރވިސްގެ ޑެޕިއުޓީ ސްޕްރިންޑެންޓުގެ ހައިސިއްޔަތުން 23 މެއި 2010 ދުވަހު ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެކޮމިޝަނަށް ޙާޟިރުވުމަށް އެންގުމުން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ޙާޟިރުވެފައިނުވާކަމަށްބުނެ ދައުލަތުން މޫސާ ޢާޒިމްގެ މައްޗަށް ކުޅަ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އަންގާ އެންގުމަކަށް ތަބާނުވުމުގެ ކުށުގެ ދައުވާ ސާބިތެއްނުވިއެވެ.

 

ޙުކުމްވިދާޅުވުމަށް>>>>>

 
މުއްދަތު ދިނުމުގެ މަސައްކަތް ރޭގަނޑު ކުރާގޮތަށް ނިންމައިފި Print
Tuesday, 27 March 2012 12:05

މިހާރު ރަސްމީގަޑީގައި ކްރިމިނަލް ކޯޓުން ކުރަމުންގެންދާ، މުއްދަތު ދިނުމުގެ މަސައްކަތް 01 އޭޕްރީލް 2012 އިން ފެށިގެން ކޮންމެރެއްގެ ރޭގަނޑު 7:00 ގައި ކުރާގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީންގެ މަޖިލިހުން ނިންމައިފިއެވެ. މިގޮތަށް ހަމަޖެހުނީ 21 މާރޗް 2012 ގައި ބޭވުނު ޤާޟީންގެ މަޖިލީހުގެ ބައްދަލުވުމުންނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް މުއްދަތު ދިނުމުގެ މަސައްކަތް ރޭގަނޑަށް ބަދަލުކުރީ މުވައްޒަފުންގެ ދަތިކަމާހުރެ ރަސްމީގަޑީގައި ކުރާ އެހެން މަސައްކަތްތަކަށް ދަތިވާތީއެވެ.

 
« StartPrev12345678910NextEnd »

Page 1 of 11